ޑްރަގް ކެފޭއަކުން 6 މީހަކު ހައްޔަރުކޮށްފި

މުހައްމަދު ހަމީޒް
 
16 ގަޑިއިރު ކުރިން

ޑްރަގު ކެފޭއަކުން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެންމެން ވެސް ބަންދަށް ވެސް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހާފައިވާ އިރު، އެ ހަ މީހުން ހައްޔަރުކުރި އެޕާޓުމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ކައްޓާގެ އިތުރުން ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެެވެ.

ކޯޓުގައި ފުލުހުން ބުނެފައި ވަނީ އެ އެޕާޓުމެންޓަކީ މަސްތުވާތަކެތި ވިއްކައު ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއް ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ރ. އަނގޮޅިތީމު ފިނިވާގޭ، އަޒްމީ ރަޝީދާއި އަހުމަދު ނޫހު މުހައްމަދާއި ރ. ދުވާފަރި ކެމަރާގޭ، މުހައްމަދު ހަމްދާނާއި ކ. ތުލުސްދޫ ވައިޓްރޯސް، އަހުމަދު އަކްރަމާއި ހ. މިލްކުބުޝް، ކ. މާލެ ގެ އިތުރުން، މައިޝަމް މުހައްމަދާއި ފ. ފީއަލީ ދޯދިލް، މައިޝަމް މުހައްމަދު އަދި ނ. ކެނދިކުޅުދޫ ގުލްފާމްގޭ ޒަޔާން ޔޫސުފެޗެ.

މި ހަ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ތަނުން ޒަޔާންގެ އަތުން 18،200ރ. ވެސް ފެނިފައިވާ ކަމަށް ކޯޓް އަމުރައިފައިވެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުުރަމުން އަންނަ މަސައްކަތުގެ ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ބައެއް ހިސާބުތަކުން ވަކި މުއްދަތަކަށް ޑްރަގް ކެފޭތައް ބަންދުކޮށްފައިވެ އެވެ.