ޔޫކޭ އަށް ދާ ދިވެހިން އީޓީއޭއަށް ސަމާލުވުމަށް އަންގައިފި

މުހައްމަދު ހަމީޒް
 
16 ގަޑިއިރު ކުރިން

އިނގިރޭސިވިލާތަށް ދަތުރުކުރާ އަދި އެ ގައުމު މެދުވެރިކޮށް އެހެން ގައުމުތަކަށް ޓްރާންސިޓްކުރާ ދިވެހިން، އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ސަމާލުވުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެތަނުން ސޯޝަލް މީޑިއާގައި ބުނީ ދަތުރު ފެށުމުގެ ކުރިން އިނގިރޭސިވިލާތަށް އެތެރެވުމާއި ޓްރާންސިޓް ކުރުމުގެ އެންމެ ފަހުގެ ގަވާއިދުތައް ބެލުމަށް އެދޭ ކަމަށާއި އޭގެ ތެރޭގައި އީޓީއޭ ނަގަން ޖެހޭތޯ ޔަގީންކުރުން ހިމެނޭ ކަމަށެވެ.

އީޓީއޭ އަށް އެދުމަށް 20 ޕައުންޑް ދައްކަން ޖެހެ އެވެ.