ޕެންޝަން އޮފީހުގެ 3ޖެން ވޯކްގެ ހަތަރު ވަނަ އެޑިޝަން ހަނިމާދޫގައި ބާއްވައިފި

މުހައްމަދު ހަމީޒް
 
17 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުން އިންތިޒާމުކުރާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުން، އިއްޔެ ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.

ކުޑަކުދިންނާއި ޒުވާނުން އަދި ދޮށީ ޢުމުރުގެ މީހުން އެއްތަނަކަށް ޖަމާވި މި ޙަރަކާތަކީ، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަޤުޞަދުގައި ބޭއްވުނު ޚާއްޞަ ހިނގާލުމެކެވެ. ޕެންޝަން އޮފީހުން ބުނީ، ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޙަރަކާތުގެ މައިގަނޑު ބޭނުމަކީ، ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުގެ އިތުރުން، ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކުގެ މެދުގައި ވާހަކަދެކެވޭނެ މާހައުލެއް ޤާއިމުކުރުން ކަމަށާއި ޢާއިލާތަކާއި މުޅި މުޖުތަމަޢު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

މި އިވެންޓުގެ އެންމެ ޚާއްޞަ އެއް ބަޔަކީ 1 ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. އެކި ޖީލުތަކުގެ މީހުން އެކުގައި ބައިވެރިވި މި ހިނގާލުމުން ރަމްޒުކޮށްދިނީ، މާލީގޮތުން ރައްކާތެރި، ތަނަވަސް މުސްތަޤުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުޙަލާއަކަށް އެކަނި ޚާއްޞަވެފައިވާ ކަމެއް ނޫންކަމާއި އެއީ، ޅަޢުމުރުން ފެށިގެން ދޮށީ ޢުމުރާ ހަމައަށް މުޅި ޢުމުރު ދުވަހަށް ދެމިގެންދާ ދަތުރެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ހަނިމާދޫގެ އާބާދީގެ ގިނަ ޢަދަދެއްގެ މީހުން ވަނީ، "3ޖެން ވޯކް" އަށް ޚާއްޞަ ޓީޝާޓުތަކުގައާއި މާލީ ހޭލުންތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތަކާއެކު، މި ހިނގާލުމުގައި ބައިވެރިވެފައެވެ. މި ހިނގާލުމަށްފަހު، މަޢުލޫމާތު ދިނުމުގެ ސްޓޯލްތަކާއި ކުޅިވަރުތަކާއި ތަފާތު ޙަރަކާތްތަކުގެ އިތުރުން، ކާބޯތަކެތި ހިމެނޭ އުފާވެރި ޢާއިލީ ހަވީރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ، ޕެންޝަން އޮފީހާއި ހަނިމާދޫގައި ޙަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެހެން އިންތިޒާމުކުރި ޚާއްޞަ ހަވީރެކެވެ. އެގޮތުން، މުޖުތަމަޢުގައާއި ޢާއިލާގެ ތެރޭގައި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު މި ހަވީރުން ވަނީ ފަހިކޮށްދީފައެވެ.

"3ޖެން ވޯކް" އަކީ، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރިއަށްގެންދާ މުހިންމު ޙަރަކާތެކެވެ. މި ޕްރޮގްރާމުގެ އަމާޒަކީ، ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ އުފާވެރި މާހައުލެއްގެ ތެރެއިން، ވިސްނުންތެރި މާލީ ނިންމުންތައް ނިންމަން ދަސްކޮށްދީ، މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދިނުން ކަމަށް އެ އޮފީހުން