އެޗްޑީސީގެ ޗެއާމަން ވަކިކޮށްފި

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރު މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ އޭނަ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޝަހީރަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރި ތިންވަނަ ބޭފުޅާ އެވެ.

އޭނަ އަކީ އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރައްވައި، 2015-2018 އަށް މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެޗްޑީސީއަށް ޝަހީރު ބަދަލު ކުރުމު ކުރިން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގަ އެވެ.

އެޗްޑީސީގެ ޗެއާމަނަށް ޝަހީރު އައްޔަންކުރީ މިދިޔަ އަހަރުގެ މެއި 29 ގަ އެވެ.