އޮފް ޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލް ހުށަހެޅުމުގެ ބޭނުމަކީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އެ ނިޒާމް އިތުރަަށް ހަރުދަނާ ކުރުން ކަމަށެވެ.
މި ބިލް ހުށަހަޅުއްވަމުން ދާވޫދު ވިދާޅުވީ، މި އިސްލާހުތަކަކީ ގައުމުގެ މުއްސަނދިކަން ދިވެހި ފަސްގަނޑުގައި ހިފެހެއްޓުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އަދި މި ބަދަލުތަކަކީ ހަމައެކަނި ޓެކްސް ނެގުމުގެ އުސޫލަށް ގެނެވޭނެ ބަދަލެއް ނޫން ކަމަަށާއި، މިއީ ރާއްޖެއިން ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން ހޯދާ މަންފާގެ ހައްގު މިންވަރު ރާއްޖޭގެ ރައްުޔިތުންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ދާވޫދު ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވީ، މި ބިލްގެ ދަށުން ފަޅުރަށްރަށާއި ފަޅުތައް ތަފާތު ބޭނުންތަަކަށް އެކަށައެޅުމުގެ ފުރުސަތު ލިބޭ ކަމަށެވެ. މިގޮތުން ބޮޑެތި ރަށްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ދަނޑުވެރިކަމަށް އިންވެސްޓް ކުރުމަށާއި، މަސްބަންދު ކުރާ ކާރުހާނާތަކަށާއި، މޫދު ދަނޑުވެރިކަމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބިލްގެ އެންމެ މުހިންމު އެެއް ބޭނުމަކީ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުންކަން ފާހަގަކުރައްވަމުން ދާވޫދު ވިދާޅުވީ، ހިދުމަތް ދޭ ފަރާތަކީ ރާއްޖެއިން ބޭރުގެ ކުންފުންޏެއްކަމަށް ވީނަމަވެސް، އެ ހިދުމަތެއް ދެވޭނީ ރާއްޖޭގެ ފަސްގަނޑުގައި ނުވަތަ ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައިވާނަަމަ އެއިން ލިބޭ ޓެކްސްގެ މަންފާ ލިބެން ޖެހޭނީ ދިވެހި ދައުލަތަށް ކަމަށެވެ.
ދާވޫދު ވިދާޅުވީ، މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަނީ އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ކަމަށާއި، މިހާތަަަނަށް މި ޕްލެޓްފޯމްތަކުން ނަގާ ކޮމިޝަން ފައިދާ ދިވެހި ދައުލަތަށް އެއްވެސް ޓެކްސްއެއް ނުލިބި ދިއުމަކީ އިގްތިސާދީ ގޮތުން ލިބޭ ގެއްލުމެއް ކަމަށެވެ.
"މި އިސްލާހުގެ ދަށުން އެ ފަރާތްތަކުގެ އަތުން ޖީއެސްޓީ ނަގަން ފެށުމުން، ރާއްޖޭގެ ވިޔަފާރިތަކަަށާއި ބޭރުގެ ވިޔަފާރިތަކުގެ ދެމެދުގައި އޮތް ބޭއިންސާފުގެ ފަރަގު ނެތިގޮސް، ހަމަހަމަ ވާދަވެރި މާހައުލެއް އުފެދޭނެ،". ދާވޫދު ވިދާޅުވިއެވެ.
އަދި މި އިސްލާހަކީ ޓެކްސް ނެގޭ ދާއިރާ ފުޅާކޮށް، ބޭރުގެ ޕްލެޓްފޯމްތައް މި ނިޒާމުގެ ތެރެއަށް ވެއްދުމަށް ގެނެވޭ ބަދަލެއް ކަމަށްވެސް ދާވޫދު ވިދާޅުވިއެވެ.