ހަ މީހުންނާ އެކު ދަތުރުކުރި ޑައިވިން ދޯންޏެއް ހދ. ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހަ މީހުންނާ އެކު ދަތުރުކުރި "އުރަފާ" ކިޔާ ޑައިވިން ދޯންޏެއް ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އަރައިގެން، ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.