އެމްޓީޑީސީގެ އާ އެމްޑީއަކަށް ހާރިސް

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި ބޯޑުގެ މެންބަރުކަމަށް ހާރިސް މުހައްމަދު އައްޔަންކޮށްފި އެވެ.

އޭނާ ކުރިން އަދާކުރެއްވި އިސް ތެރޭގައި މޯލްޑިވްސް މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ނަމުގައި ހިިންގަމުން އަންނަ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެކްޓިން މެނޭޖިން ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެ އެވެ.

ހާރިސް އަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން އާއި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ފެލޯޝިޕް ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޓީޑީސީ އަށް އާ އެމްޑީއަކު އައްޔަން މި ކުރީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މި މަހުގެ 23 ގައި ވަކި ކުރުމަށް ފަހު އެވެ.