އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު

ބިޔޯންޑް އެގެއިންގެ ޝޯ ހުއްޓުވުމުން ކަންބޮޑުވެއްޖެ!

މުހައްމަދު ހަމީޒް
 
2 ދުވަސް ކުރިން

މާދަމާ ރޭ މާލޭގެ ސޯޝަލް ސެންޓަަރުގައި ބާއްވަން އޮތް އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ ބިޔޯންޑް އަގެއިންގެ ޝޯ ނުބޭއްވޭނެ ކަމަށް ސަރުކާރުން އެންގުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ޝޯ ބޭއްވުން ހުއްޓުވިގެން ނުވާނެ ކަމަށެވެ.

"އެ ޝޯ މަނާކުރެވިގެން ނުވާނެ، މިއުޒިކް މަނާކުރެވިގެން ނުވާނެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ. "މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، ހުރިހާ ދިވެހިންގެ ރާއްޖެ.

އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ މި ޝޯ ނުބޭއްވޭނެކަން ސަރުކާރުން އިއްޔެ އެންގި އިރު، އެ ޝޯ އަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރުކޮށް ޓިކެޓް ވެސް ވަނީ ވިއްކައިފަ އެވެ. އަދި ޝޯ އަށް ބިޔޯންޑް އެގެއުންގެ މެންބަރުން ރޭގެ ވަގުތެއްގައި ރާއްޖެ ވެސް އައިސްފަ އެވެ.