ތިން ރައީސުންގެ ބައްދަލުވުމުގެ ތެރެއިން

ތިން ރައީސުންގެ ބައްދަލުވުން ފެށިގެން ކުރިއަށް ދަނީ

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ރައީސް މުޢިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީން ލިބިދޭ އެތައް ހައްޤެއް ނިގުޅައިގަންނަމުންދާތީ އެކަންކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާ ބައްދަލުވުން ކުރީގެ ރައީސް ޔާމީން އާއި ނަޝީދު އަދި އިބޫ ފަށްޓަވައިފިއެވެ.

މ.ލާލްޕޫލްގެއާގޭގައި ކުރިއަށްދާ މި ބައްދަލުވުމަށް ތިން ރައީސުންވެސް ހާޒިރުވެފައިވާއިރު މި ސަރަހައްދަށް ތިން ރައީސުންނަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް މުޢިއްޒުގެ ސަރުކާރާ ދެކޮޅު ފަރާތްތައް ވަނީ އެއްވެފައެވެ.

ސިޔާސީ ކަންކަމުގައި ދެބަސްވުމާއި އަނިޔާއާއި ޖަލުގެ ތޭރިތައް އެކަކު އަނެކަކުގެ ކިބައިން ތަހައްމަލުކޮށްފައިވާ މި ތިން ރައީސުން އެކުގައި ފެނުމަކީ ވަރަށް ގިނަ ރައްޔިތުން ދެކެން ބޭނުންވި މަންޒަރެކެވެ. ނަމަވެސް މި ތިން ރައީސުން އެކުގައި ފެނުމަކީ ނާދިރުކަމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.