އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރުނީ ހެނދުނު 1130 އުން ފެށިގެން މެންދުރު ފަހު 330 އާ ހަމައަށެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް އެލާޓް ނެރުނު އިރު، މި މަހުގެ 27 ގައި ވެސް މުޅި ރާއްޖެ އަށް އެލާޓް ނެރުނެވެ. މި މަހުގެ 26 ވަނަ ދުވަހު މާލެ އަށް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ.