އިތުރު އަށް ގައުމަކުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އިއްޔެ ވެސް 8 ގައުމެއްގެ އާ ސަފީރުން ފަތްކޮޅު އަރުވާފައިވެ އެވެ.
މިއަދު ފަތްކޮޅު އެރުވި ސަފީރުންނަށް ރައީސް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައިވެ އެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވި 8 ބޭފުޅުން:
* ޕޯޗުގަލްގެ ނޮން-ރެސިޑެންޓް ސަފީރު ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ
* ބޫޓާނުގެ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ
* ކެނެޑާ ސަފީރު އިޒަބެލް މެރީ ކެތެރިން މަރޓިން
* އޮސްޓްރިއާގެ ނޮން-ރެސިޑެންޓް ސަފީރު، ޑރ. ރޮބަރޓް ޓްސީގް
* ބުރުކީނާ ފާސޯލެެ ންސީ ޑރ. ޑޭޒީރޭ ބޯނީފާސް ސޯމޭ
* ގާނާގެ ސަފީރު ޕްރޮފެސާ ކުވޯސީ އޯބީރީ-ޑޮންސޯ
* ތުރުކުމަނިސްތާނުގެ ނޮން-ރެސިޑެންޓް ސަފީރު، ޝަލާރް ގެލްޑެނަޒަރޮވް
* ލާއޮސްގެ ނޮން-ރެސިޑެންޓް ސަފީރު ވިތާޔާ ޒަޔާވޮން
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު، ރައީސާއި ސަފީރުން ބައްދަލު ކުރައްވައި ގައުމުތަކުގެ ގުޅުންތަކާ މެދު މަޝްވަރާ ކުރައްވައި، ގުޅުން އިތުރަށް ވަރުފަދަ ކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.