ރާއްޖެ އެތެރެ ކުރަން އުޅުނު 5 ކިލޯއަށްވުރެ ގިނަ ޑްރަގްސް އަތުލައިގެންފި

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ވައިގެމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗެވެ.

އެތަކެތި ފެނިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އެގައުމުގެ 2 މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން އެމީހުންގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އައި އެ ދެމީހުންގެ ލަގެޖުން ފެނިފައިވަނީ 5،540 ގްރާމްގެ ކެނެބިސް ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމުން ވަނީ ހާމަކޮށްފައެވެ.

ތަފްސީލް އަންނަނީ...