ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، އަމްޖަދު މުޞްޠަފާ ޢައްޔަންކޮށްފި އެވެ.
އޭނަ އެންމެ ފަހުން ހުންނެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ) ގެ މަގާމުގަ އެވެ. އެ މަގާމުން އަމްޖަދު ވަނީ އެޕްރީލް މަހު އިސްތިއުފާ ދެއްވައިފަ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވާ އަމްޖަދު މިއަދު ހެނދުނު ކުރެއްވީ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އޭނަ އަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
އަދި އަމްޖަދަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ.، މުޙައްމަދު މުޢިއްޒުއެވެ.
އަމްޖަދަކީ ޝަރީޢާއިން ލޯ އިން ބެޗްލާސް ޑިގްރީ އާއި، މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަމްޖަދަކީ ކުރިން ވެސް ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އެއީ 2020 ގަ އެވެ.