މާފުށި ޖަލު

މާފުށި ޖަލު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

މުހައްމަދު ހަމީޒް
 
11 ގަޑިއިރު ކުރިން

ކ. މާފުށި ޖަލު ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މާފުށީ ޖަލުގައި މިއަދު ސާޗްް އޮޕަރޭޝަނެއް ކުރިއަށް އެބަދާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި ގުޅިގެން ކަމަށެވެ.

އެ އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ހާމަކޮށްފައެއްނުވެއެވެ.

ޖަލަށް ގަވައިދާ ހިލާފަށް މަނާތަކެތި ވައްދާ މައްސަލަތައް ވަރަށް ގިނައެެވެ. އެގޮތުން ފޯނާއި ޗާޖަރާއި ހެޑްސެޓްފަދަ ތަކެތި ވައްދާ މައްސަލަތައް ފެންމަތިވެއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓާފައެވެ. އޭގެ އިތުރުން ވެސް މުވައްޒަފުން ތަމްރީންކުރުމާއި އިތުރު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.