ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސް ކުރަނީ

ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސް ކުރަނީ

މުހައްމަދު ހަމީޒް
 
3 ދުވަސް ކުރިން

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ޖަލުތަކުގައި މި އަހަރު , ފުރަތަމަ ފަހަރަށް ތަރާވީސް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ކަރެކްޝަންއިން ބުނީ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދާއި، ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް ބޭނުންވާ ހާފިޒުން ހަމަޖައްސާފައިވާ ކަމަށް އެ ހިދުމަތުން ބުންޏެވެ.

ރޯދަމަސް ފެށުމުގެ ކުރިން، މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ވެސް ވަނީ ދީނީ ސެޝަންތަކެއް ހިންގައިފައެވެ. މި ސެޝަންތައް އެ ހިދުމަތުން ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ.

ކަރެކްޝަންސްއިން މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުމާލެ ޖަލުގައި ތިބި ގައިދީންނަށް ރޯދަ މަހާ ގުޅުވައިގެން އެ ފަރާތްތަކުގެ އާއިލާތަކާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ހާއްސަ ހަފްލާއެއް ވެސް ބާއްވައިފައެވެ.