ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. ވޭވްސައިޑް 304 ފްލެޓް، އަލްފާޟިލް މުޙައްމަދު އަފީފު ހުސެއިން އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މުޙައްމަދު އަފީފު ހުސެއިން މި މަޤާމަށް އައްޔަނުކޮށްފައިވަނީ 27 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މި އައްޔަނުކުރުމާއެކު، ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ އަފީފްއެވެ. ޕީސީބީން ވަނީ މި ބަދަލު ގެނައިކަން ރަސްމީކޮށް ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ.