ބޮޑު ބަދަލުގެ ގޮތުގައި މިހާރު އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިރޭ އައްޑޫ ހިތަދޫގައި ޖަލްސާްއެއް ބާއްވަން ނިންމައިފި އެވެ.
ބޮޑު ބަދަލުގެ ނަމުގައި ބާއްވާ އެ ޖަލްސާ އޮންނާނީ އެމްޑީޕީ ހިތަދޫ ހަރުގޭގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ.
އެހެންވެ އެމްޑީޕީގެ ވީހާ ވެސް ގިނަ ބަޔަކު އެ ޖަލްސާގައި ބައިވެރިވާން އެދިފައިވެ އެވެ.
ނަޝީދާއި ފައްޔާޒް އައްޑު އަށް ވަޑައިގަތީ މިއަދު މެންދުރު ފަހު އެވެ.