ނެޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ އިސްތިއުފާ ދެއްވިކަން ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށް ދީފައިވ އެވެ. ނަމަވެސް ފައިޒަލްގެ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.
އޭނަ އަކީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕަބްލިކް ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފައިޒަލް ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އެސްޖީގެ މަގާމާއި ރައީސް އޮފީހުގެ ޑިރެކްޓާ އޮފް ޕާފޯމަންސް މެނޭޖްމަންޓްގެ މަގާމު ވެސް ފުރުއްވި އެވެ.
ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ސިޔާސަތުތައް ކަނޑައަޅާ އިދާރާއެވެ. ފަސް މެންބަރުންގެ މައްޗަށް އެ ކޮމިޝަންގެ ރައީސަކީ ފިނޭންސް މިނިސްޓަރެވެ.