އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީން ދެންމެ ބުނީ، ރިޝްވާން އިސްތިއުފާ ހުށަހެޅުއްވުމާ އެކު، އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލު ކޮށްފައިވާ ކަަމަށެވެ.
އެނގިފައިވާ ގޮތުން ރިޝްވާން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުގެ މަތިންނެވެ.
މިއީ އެމްޕީއެލުން ވަކިވި ދެވަނަ އެމްޑީއެވެ.