އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ހުސައިން ދީދީ ވަކިކުރައްވައިފި އެވެ.
އޭނާ އެ މަޤާމުން ވަކިކުރައްވާފައިވާކަން ޕީސީބީން ވަނީ އިއުލާނު ކުރައްވާފަ އެވެ.
ޕީސީބީން ބުނީ އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކުރައްވާފައިވާ ކަމަށެވެ.