ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ނަޖާޙު ވަކިކޮށްފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނަޖާޙް އެ މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަޤާމުން ވަކިކޮށްފައިވަނީ މިއަދުއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ނަޖާޙު އައްޔަނުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ.

ޤައުމީ ދިފާޢީ ބާރުގައި 21 އަހަރުވަންދެން ޚިދުމަތްކުރައްވާފައިވާ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙު އަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތަޢުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.