މިއަދު އަގުބޮޑުކުރި ތެޔޮ މަސްދަޅުގެ އަގު، އަލުން ހެޔޮކޮށްފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް އެ ކުންފުނިން ވަނީ ބޮޑުކޮށްފައެވެ. މިފްކޯއިން ވިދާޅުވީ، އެ ކުންފުނިން ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760 ރުފިޔާއަށް ލިބޭނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށްކަމަށެވެ.