އަސްމާގެ ކޯލް ރެކޯޑިން މައްސަލަ: މުންދު އާއި އަންތުއާއި ސަލްމާ މަގާމުން ވަކިކޮށްފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން


                        ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އާއިލީ ތިން ބޭފުޅަކު ސަރުކާރުގެ މަގާމުތަކުން މިއަދު ވަކިކުރައްވައިފިއެވެ.

މަގާމުން ވަކިކުރެއްވި ބޭފުޅުންގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ އިތުރުން ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ހިމެނެއެވެ. ޑރ. ސަލްމާއަކީ އަސްމާގެ ކޮއްކޯފުޅެވެ. އަދި މުންދުއާއި އާމިނަތު ހުސައިން ޝަރީފަކީ އަސްމާގެ ދަރިކަލުންނާއި ދަރިކަނބަލުންނެވެ.

މި ބޭފުޅުން މަގާމުން ވަކިކުރައްވާފައިވަނީ ސަރުކާރަށް ފާޑުކިޔައި ދައުރުވި އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަން ވަނީ އެނގިފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ދާދިފަހުން ބޭއްވި އިންތިޚާބުތަކުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.