ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު މަގާމުން ވަކިކޮށްފި އެވެ.
ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން އަސްބާހް ވަކިކުރިކަން ސަރުކާރުން ވަނީ ޔަގީންކޮށްދީފަ އެވެ.
އަސްބާހް, އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކޮށްފައި ވަނީ އޮގަސްޓް 3, 2025 ގަ އެވެ.
ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.