ބަޔާން ލެވަކޫސަންގެ ހިލޭ ޓްރާންސްފާއެއްގައި ޑިފެންޑަރު ޖޮނަތަން ޓާހް ބަޔާން މިއުނިކްއާއި ގުޅުނުކަން އިއުލާންކޮށްފިއެވެ. އުމުރުން 29، އަހަރުގެ ޖަރުމަނު ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓާހް ބުންޑެސްލީގާގެ ޗެމްޕިއަން ޓީމާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓާހް ބުނެފައިވަނީ ޓްރާންސްފާ އާއިމެދު ހިތްހަމަޖެހޭކަމަށް އަދި ޓީމަށް ތަށިހޯދައި ދިނުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ. ޓާހް ލެވަކޫސަންގައި 10 ސީޒަން ހޭދަކޮށް، 2023-24 ވަނަ އަހަރުގެ ކޯޗު ޒަބީ އަލޮންސޯ، 19، ގެ އިރުޝާދުގެ ދަށުން 2023-24 ވަނަ އަހަރުގެ ސީޒަނުގައި ބަލިނުވެ ބުންޑެސްލީގާ އަދި ޖަރުމަން ކަޕް ޑަބަލް ކާމިޔާބުކުރި އެވެ.
އަދި މިދިޔަ އޮގަސްޓް މަހު އެލޮންސޯގެ ޓީމުން ވަނީ ޕެނަލްޓީ ޖަހައިގެން ސްޓޫޓްގާޓް ބަލިކޮށް ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ލެވަކޫސަންގެ ކޮންޓްރެކްޓް އާކުރުމާ ދެކޮޅަށް ނިންމާފައިވާ ޑިފެންޑަރު ޕްރިމިއާ ލީގުގެ ތިން ޓީމް ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ލަލީގާގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފަދަ ގިނަ ކްލަބުތަކާ ވެސް ގުޅުންއޮވެއެވެ.
ބަޔާންގެ ސްޕޯޓްސް ޑިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް ބުނެފައިވަނީ ޓާހް އަކީ ބައިނަލްއަގްވާމީ ތަޖްރިބާހުރި ފެންވަރު ރަނގަޅު ކުޅުންތެރިއެއްކަމަށާއި،ބަޔާންގެ ޑިފެންސްއަށް ފަރިތަވާން މާގިނަ ވަގުތެއް ނުނަގާނެކަމަށެވެ. ޓާާހް ވަނީ 2016 ވަނަ އަހަރު ބައިނަލްއަގްވާމީ މެޗެއްގައި ފުރަތަމަ ފަހަރަށް ޖަރުމަނަށް ކުޅެ 35 މެޗު ކާމިޔާބުކޮށްފަ އެވެ.
ޖޮނަތަން ޓާހް އަކީ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ބުދަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. ބަޔާން 2024-25 ވަނަ އަހަރުގެ ޖަރުމަނުގެ ބުންޑެސްލީގާ ޗެމްޕިއަންކަން ހޯދީ ދެވަނައިގައި އޮތް ލެވަކޫސަންއަށްވުރެ 13 ޕޮއިންޓް މަތިންނެވެ.