ލިވަޕޫލް އާއި އާސެނަލް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ: ގޫގުލް

ޕްރިމިއާ ލީގު: ފަސޭހަ ކަމާއި އެކު ލިވަޕޫލުން އާސެނަލް ބަލިކޮށްފި

މުހައްމަދު ހަމީޒް
 
10 ދުވަސް ކުރިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް 1-0 އިން ބަލިކޮށް ލިވަޕޫލުން ލީގުގައި ކުޅުނު ތިންވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިވަޕޫލަށް މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއި އެވެ. މިއީ އާސެނަލްގެ އޭރިއާގެ ބޭރުން ފޮނުވާލި ހިލޭޖެހުމަކުން ސޮބޮސްލާއި ކާމިޔާބުކުރި ގޯލެކެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ލިވަޕޫލުން ބައްދަލުކުރާނީ ބާންލީއާ އެވެ. އާސެނަލް އަމިއްލަ ދަނޑުގައި ނިކުންނާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ.