ށ. ފޭދޫ ކައުންސިލް ކަޕް 2025 | ށ. ފޭދޫ ކައުންސިލް

ބޮޑު ތަފާތަކުން ނުފޫޒު އެފްސީއިން ފޭދޫ ޕޮލިސް ބަލިކޮށްފި

މުހައްމަދު ހަމީޒް
 
2 ދުވަސް ކުރިން

ށ. ފޭދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ށ. ފޭދޫ ކައުންސިލް ކަޕް 2025" ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ނުފޫޒު އެފްސީ އާއި ފޭދޫ ޕޮލިސް ވާދަކުރި މެޗު 6-0 ގެ ނަތީޖާއަކުން ނުފޫޒު އެފްސީ ކާމިޔާބުކޮށްފިއެވެ. 



މިރޭގެ މެޗުގައި ޖާޒީ ނަންބަރު 22، މުހައްމަދު ހަނާން އާދަމް ހެޓްރިކް ހަދާފައިވާއިރު، ޖާޒީ ނަމްބަރު 98 މުހައްމަދު އިޝާމް އަދި ޖާޒީ ނަމްބަރު 12 މުހައްމަދު ޝާން ވަނީ އިތުރު 3 ގޯލު ނުފޫޒު އެފްސީ އަށް ކާމިޔާބު ކޮށްދީފައެވެ.


މިރޭގެ ދެވަން މެޗުގައި އެން ބްލެކް އެފްސީ އާއި ޕްރޯވުޑް ސްޕޯޓްސް ކްލަބް ވާދަކުރި މެޗް، އެން ބްލެކް އެފްސީ އިން ކާމިޔާބު ކުރީ 9-2 ގެ ނަތީޖާއަކުންނެވެ.