ޖުމްހޫރީ މައިދާން އަލުން ތަރައްގީކޮށްފައި --

ޖުމްހޫރީ މައިދާން ތަރައްގީކޮށް ވަގުތީ ގޮތުން ހުޅުވާލައިފި

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ޖުމްހޫރީ މައިދާން ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބޮޑުބައެއް ނިމި، އެ ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކުރި ގޮތުގައި، މައިދާން ތަރައްގީކުރުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ރަމަޟާން މަހާ ދިމާކޮށް ގިނަ ބަޔަކަށް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެ ސަރަހައްދު މިހާރު ވަނީ ވަގުތީގޮތުން ބޭނުންކުރެވޭނެހެން ހުޅުވާލާފައެވެ.

މައިދާން ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މުޅި ސަރަހައްދު ސާފުކޮށް، އާންމުން އިށީނދެ ތިބުމަށް ހާއްސަ ގޮނޑިތަކާއި ބެންޗުތައް ބަހައްޓައި ބޮޑެތި މަރާމާތުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން، މައިދާން ފެހިކޮށް ހިތްގައިމުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މާގަސްތައް ވަނީ އިންދާފައެވެ. މި ބަދަލުތަކާއެކު މިހާރު އެ ސަރަހައްދު ފެންނަނީ ވަރަށް ހިތްފަސޭހަ ކޮށެވެ.

އާރުޑީސީން އިތުރަށް ބުނީ، މައިދާނުގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ވިނަ އިންދުމުގެ މަސައްކަތް ކުރިއަށްދާތީ، އެކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ