ފަހިދިރިއުޅުން ކޯޕަރޭޝަނުގެ މޭނޭޖިންގ ޑައިރެކްޓަރ ހަމްދާން ޝަކީލް

އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނަން: ހަމްދާން

މުހައްމަދު ހަމީޒް
 
10 ދުވަސް ކުރިން

ފްލެޓުތައް ހިމެނޭ ސަރަހައްދުތަކުގައި އެގްރިމެންޓާ ޚިލާފަށް ކުނި އަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ދެއްވައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ސާފުކުރި ތަންތަނަށް މިއަދު އަނެއްކާވެސް ކުނި އަޅާފައިވާ ކަމަށެވެ. މިގޮތަށް ކުނި އެޅުމަކީ ތިމާ ދިރިއުޅޭ މާޙައުލު ތަޣައްޔަރުވެ، އެކިއެކި ބަލިތަކަށް މަގުފަހިވާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހިންގެ ދީނާއި ސަޤާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއްގެ ގޮތުގައި ޝަކީލް ސިފަކުރެއްވިއެވެ.

https://x.com/HamdhanShakeel/status/2020887431206285783?s=20

  1. "އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ޚިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަން،" ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤަވާއިދާ އެއްގޮތަށް ބަލްކް ވޭސްޓް ނުވަތަ ބޮޑެތި ކުނި ނައްތައިލަމުން ގެންދާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް އެފްޑީސީގެ ނަމުގައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން އަދި ސާފު ވެއްޓެއް ގާއިމްކޮށްދެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.