އެފްޑީސީގެ ފްލެޓްތަކެއް -- ފޮޓޯ: ޕީއެސްއެމް ނިއުސް

މި ހަފުތާތެރޭ އެފްޑީސީ ފްލެޓްތަކަށް މީހުން ވައްދަން ފަށަނީ

ނާއިފް ހަލީމް
 
6 މަސް ކުރިން

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި ހަފުތާ ތެރޭ މީހުން ވެއްދުމުގެ މަސައްކަތް ފަށާނެކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން ސޮއިކުރަން ތާވަލުކޮށް މިހާތަނަށް 2،955 އަށްވުރެ ގިނަ މީހުންނާއެކު ވަނީ ސޮއިކޮށްފައެވެ.

އެ ކޯޕަރޭޝަނުން ކުރިން ބުނި ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

އަދި، ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަ ލައި، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ކުރިން ބުންޏެވެ.

އެއާއެކު ފްލެޓްތަކަށް މީހުން ވެއްދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެ ކޯޕަރޭޝަނުން ބުނީ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ މި ހަފުތާ ތެރޭ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ކަމަށެވެ.