ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކަށް ކަރަންޓު ދިނުން -- ފޮޓޯ: ސްޓެލްކޯ

4،000 ފްލެޓަށް ކަރަންޓު ދޭން ފަށައިފި

މުހައްމަދު ހަމީޒް
 
4 މަސް ކުރިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށައިފިއެވެ.

ސްޓެލްކޯއިން މިއަދު ވިދާޅުވީ، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް މިއަދު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.


މިމަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން އަޅާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ.