ސްޓެލްކޯގެ އެމްޑީއަކަށް އަޒްވަރު އައްޔަންކޮށްފި

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން އެ މަގާމަށް މިއަދު އަޒްވަރު އައްޔަންކުރި އިރު، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ސްޓެލްކޯގެ އެމްޑީގެ ޒިންމާ ވަގުތީ ގޮތުން އޭނަ ގެންދެވީ ނަންގަވަމުންނެވެ. އަ

އައްޑޫ ފޭދު އަށް ނިސްބަތްވާ އަޒްވަރު މިހާތަނަށް ހުންނެވީ ޑެޕިއުޓީ އެމްޑީގެ މަގާމުގަ އެވެ.

އަޒްވަރާ ސްޓެލްކޯ ވަގުތީ ގޮތުން ހިންގެވުން ޖެނުއަރީ މަހުގެ 12 އިން ފެށިގެން ހަވާލުކުރީ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން އެ މަހުގެ 11 ގައި ވަކިކުރުމާ ގުޅިގެންނެވެ

އަޒްވަރަކީ މި ސަރުކާރު އައި ފަހުން ސްޓެލްކޯ އަށް އައްޔަންކުރި ތިން ވަނަ އެމްޑީ އެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ސްޓެލްކޯގެ އެމްޑީގެ މަގާމު ފުރުއްވީ ހުސައިން ފަހުމީ އެވެ. އޭމަ އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 28 2023 ގަ އެވެ. އަދި މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގަ އެވެ.

ފަހުމީ ސްޓެލްކޯ އިން ވަކިކޮށް ފަހުން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގަ އެވެ. އަދި އޭނަ މަގާމުން އެ މަގާމުން އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ހަމަޖެއްސީ މި މަހުގެ 14 ގަ އެވެ.