ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމުގެ ތެރެއިން

ކުރީ ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ

މުހައްމަދު ހަމީޒް
 
19 ގަޑިއިރު ކުރިން

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައި ކަމަށް ރައީސްުލްޖުމްހޫރޮއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަމަށެވެ. އަދި އަދި ރާއްޖޭގެ ސަރަހައްދުތަކުގެ އޮފީހެއް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމައިފައިވާ ކަމަށާއި އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށް ރައީސް ވިދާޅިވިއެވެ. އަދި އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށާއި، އެ ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22 ގައި އެ މަނިކުފާނަށް ހުށަހަޅައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފައި ކަމަށާއި ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.