ރައީސުލްޖުމްހޫރިއްޔާ މީޑިއާ ތަކާއި ބައްދަލުކުރަން އިއުލާން ކުރެއްވުން

ކޮންމެ ހޯމަ ދުވަހަކު ރައީސް މީޑިއާއާ ބައްދަލުކުރައްވަނީ

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކޮށް، ސުވާލުތަކަށް ޖަވާބު ދެއްވަން ނިންމަވައިފި އެވެ. 

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ. 

އެގޮތުން، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ދަތުރެއް ނުވަތަ ހާއްސަ ބައްލަވުމެއް ކުރިމަތިނުވާހާ ހިނދަކު އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން،"

މީގެ އިތުރުން ރައީސް ވިދާޅުވީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.