ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގުން --

ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެކްސިޑެންޓްވި ދެ ލޯންޗަށްވެސް އެކި މިންވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.


މި ހާދިސާގައި ހިމެނޭ އެއް ލޯންޗަކީ މާލެ އާއި ކ. މާފުއްޓާ ދެމެދު ދަތުރުކުރާ "އެސްކޭޕް" ނަމަކަށް ކިޔާ ލޯންޗެކެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެސްކޭޕް ލޯންޗުގެ ފަހަތުކޮޅުގައި އެހެން ލޯންޗަކުން ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.