ޕީއެންސީގެ "ޑޯޓުޑޯ" ރަސްމީކޮށް ފަށައިފި

މުހައްމަދު ހަމީޒް
 
13 ދުވަސް ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށްގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށްގެންދާ "ޑޯޓުޑޯ" ކެމްޕޭން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕާޓީގެ އިސް ބޭފުޅުންނާއި ކެމްޕޭން ޓީމުތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ ކެމްޕޭން މެނޭޖަރ އިނގުރައިދޫ ދާއިރާގެ މަޖްލިސް މެމްބަރ އިބްރާހިމް ފަލާހުއެވެ.

މި ކެމްޕޭންގެ ދަށުން ޕީއެންސީގެ ޓީމުތަކުން ގޭގެއަށް ޒިޔާރަތްކޮށް، އިންތިހާބާ ގުޅޭ މައުލޫމާތު ހިއްސާކުރުމާއި ރައްޔިތުންގެ ޝުއޫރުތައް ބެލުމަށް ވަނީ ރޭވިފައެވެ. މިއީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީން ކުރިއަށްގެންދާ އެންމެ މުހިންމު އެއް ހަރަކާތެވެ.

ޕީއެންސީން ބުނި ގޮތުގައި މި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށްދާނެއެވެ.