ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ހީނާ ވަލީދު ހޮވައިފި އެވެ.
ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސަކަށް ހޮވުނު ހީނާ އަކީ ރައީސް އޮފީހުގެ ތަރުޖަމާނުގެ އިތުރުން އެންސްޕާގެ ސީއީއޯ އެވެ.
ޕީއެންސީގެ ޔޫތު ވިންގުގެ ހިންގާ ކޮމިޓީ އަށް ވެސް މެންބަރުން ހޮވާފައިވާ އިރު، އެ ކޮމިޓީގެ ރައީސަކީ ހަނާން މުހައްމަދު ރަޝީދެވެ. ހަނާން އަކީ ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރެވެ.
މީގެ އިތުރުން ޕީއެންސީގެ ރަޖިސްޓްރާގެ މަގާމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލު ހޮވިފައިވާ އިރު، ނައިބަކީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޙަމްދާން ނާސިރެވެ.
ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ވެސް އެޕާޓީ އިން ދަނީ ފޯރީގައި ކުރަމުންނެވެ.