ވެލާނާ އެއާޕޯޓުގެ ޓެކްސީ ކިޔޫ

ވެލާނާ އެއާޕޯޓުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ބަލަނީ

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގެ ޓެކްސީ ކިޔޫ ސަރަހައްދުގައި ދެ ބައެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ

ފުލުހުން ބުނީ މި ހަމަނުޖެހުން ހިންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ، 12:15 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ޓެކްސީ ކިޔޫ ސަރަހައްދުގައި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން މައުލޫމާތު ސާފުކުރުމަށްފަހު، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސީދާ ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.