އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓް ހެޑް ސާޖިދު

އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓް ހެޑް ސާޖިދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަނީ

މުހައްމަދު ހަމީޒް
 
8 ދުވަސް ކުރިން

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހެޑް އިސްމާއިލް ސާޖިދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ. 

އޭނާވަނީ އޮފީސް މާހައުލުގައި ކުރި ޖިންސީ ފުރައްސާއިގެ ތުހުމަތުގެ މައްސަލައެއް ބަލަމުން އަންނާތީ މިދިޔަ މަހުގެ 25 އިން ފެށިގެން ސަސްޕެންޑުކޮށްފަ އެވެ. 

މި މަގާމަށް ސާޖިދު އައްޔަނު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.

އެ މައްސަލަ އެމްއެމްއޭގެ ކަމާ ގުޅޭ ކޮމިޓީން ބަލަން ފެށީ ސާޖިދާ އެކު، އެފްއައިޔޫގައި މަސައްކަތްކުރާ އެ އަންހެން މުވައްޒަފު ހުށަހެޅުމުންނެވެ. 

މިކަމާއި ގުޅޭ ރަސްމީ ބަހެއް ފުލުހުން ހާމައެއް ނުކުރެއެވެ.