ރ. ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ: ޕީއެސްއެމް

ދުވާފަރު ޕޮލިސް ސްޓޭޝަނާއި މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ރ. ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި، މަގު ހެދުމުގެ 3މި ދެ މަޝްރޫއުގައި ސޮއި ކޮށްފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެކެވެ. ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަދި މަގު ހެދުމުގެ އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ(ރޓ) އަޙްމަދު ސަޢުދީއެވެ.

މި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.