މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންގެންދާ 'އޮޕަރޭޝަން އަލިމަގު' ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު 10 ގެއެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
'އޮޕަރޭޝަން އަލިމަގު' ގެ ދަށުން މާލެ އާއި ގއ.ގެ ރަށްތަކުގައި ޑްރަގު ފައިސާ ލޯންޑާ ކުރާ ނެޓުވޯކަކާއި ދެކޮޅަށް ވަރުގަ އޮޕަރޭޝަނެއް ފަށާފައިވާކަން އިއުލާނު ކޮށްފައެވެ. އެގޮތުން މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.