މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ

ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑްކޮށްފި

މޫސާ ޢަލީ
 
9 ގަޑިއިރު ކުރިން

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ސަސްޕެންޑްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ބްރޯޑްކޮމްއިން ޒީނިޔާ ސަސްޕެންޑުކޮށްފައިވަނީ މާދަމާއިން ފެށިގެން ތިން ދުވަހަށެވެ. 

އެނގިފައިވާ ގޮތުގައި ޒީނިޔާ ސަސްޕެންޑްކޮށްފައިވަނީ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިހުތިރާމު ކުޑަކުރުން ފަދަ ކަންކަމުގެ ސަބަބުންނެވެ. 

ބްރޮޑްކޮމްގެ އެސްޖީ ސަސްޕެންޑްކޮށްފައިވާއިރު، އެތަނުގެ މުވައްޒަފުންގެ މަސައްކަތަތަކަށް އެތަނުގެ ރައީސް ސޮފާ ޝަފީގު އާއި މެންބަރުން ހުރަސް އަޅަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނީ އެ ކޮމިޝަންގެ 18 މުވައްޒަފުންގެ ސޮޔާއެކު ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ. 

އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.