މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މަހު 18 ވަނަ ދުވަހު ހުށަހެޅި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން، އުމުރުން 19 އަހަރުގެ އަހުމަދު އާހިލް މުނާޒު ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފަ އެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންގެންދާ ކަމަށެވެ. އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.