ރަސިލީއާއި ޓެޒް ސުޕާރީގެ ފޭކު ވައްތަރެއް ވިއްކަނީ

މަރިޔަމް ސަމްހާ
 
1 ދުވަސް ކުރިން

ރަސިލީއާއި ޓެޒް ސުޕާރީގެ ފޭކު ވައްތަރެއް ބަޔަކު ވިއްކަމުން އަންނާތީ ސަމާލުވުމަށް އެދިއްޖެއެވެ.

މި ދެ ބާވަތުގެ ސުޕާރި ރާއްޖޭގައި ވިއްކާ އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން ދަ ސުޕާރީ ފިހާރައިން ބުނީ އެ ފިހާރައިން ރާއްޖެ ގެނެސް ވިއްކާ ރަސްލީ އަދި ޓެޒް ސުޕާރީ ފުޅިއާ ވައްތަރުކޮށް ފޭކް ވައްތަރެއްގެ ސުޕާރީ ބަޔަކު ރާއްޖެ ގެނެސް ވިއްކަމުންދާ ކަމަށެވެ.

އެ ފިހާރައިގެ އޮފިޝަލަކު ބުނީ އޮރިޖިނަލް އާއި ފޭކުގެ ރަހަ ތަފާތު ކަމަށާއި މި ދެ ބާވަތުގެ ސުޕާރީ ފުޅި އެންމެ ފަސޭހައިން ފާހަގަކުރެވެނީ ފުޅީގެ މަތިގަނޑުން ކަމަށެވެ. 

އޮރިޖިނަލް ފުޅީގެ ލޭބަލްގައި ދަ ސުޕާރީ ފިހާރައިގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ހުންނާނެ ކަމަށްވެސް އޮފިޝަލް ބުންޏެވެ.

މި ދެ ބާވަތުގެ ސުޕާރީއާ ގުޅޭ އިތުރު މަޢުލޫމާތު ދަ ސުޕާރީ ފިހާރައިގެ ނަންބަރު 7507997 އަށް ގުޅުމުން ލިބޭނެ ކަމަށް އޮފިޝަލު ބުންޏެވެ.