ނ. ލަންދޫގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.
އެ ރަށުގައި އެ ޚިދުމަތް ފަށައިފައިވަނީ މިއަދު އެ ރަށުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ ޚިދުމަތް އެރަށުގައި އިފްތިތާޙްކޮށްދެއްވީ އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް"ގެ ނަމުގައި މަޝްރޫޢެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ.
އެ ޚިދުމަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ބީއެމްއެލް އިން ވަނީ އަމާޒު ހިފާފައެވެ.
މިއަދު ރަސްމީކޮށް ލަންދޫގައި އޭޓީއެމްއެއް ބަހައްޓައި ޚިދުމަތަށް ހުޅުވާފައިވާއިރު، އެ ރަށުގައި އޭޓީއެމް ބެހެއްޓުމާ ދެކޮޅަަށް އެރަށުގެ ކައުންސިލުން މީގެ ކުރިން ޚިޔާލު ފާޅުކޮށްފައިވެއެވެ.