އިޒްރޭލުގެ ހަމަލާތައް ވަރުގަދަކުރުން ކުށްވެރިކުރައްވާ އަވަސް ފިޔަވަޅުތަކެއް އަޅާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިކަމަށް ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަސްކަރިއްޔާ އިން ގެންދަނީ ފަލަސްތީނުގެ ހަޤީޤީ ވަޒަންވެރީންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު ވަރުގަދަ ޖަރީމާތަކެއް ހިންގަމުންނެވެ.
އިޒްރޭލްގެ ހަމަލާތައް މީގެ ދެތީން ދުވަސް ކުރީން ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެއީ ފަލަސްތީނުގެ ހައްޤުގައި ވަރުގަދަ ޖިހާދެއް ކުރަމުންދާ ހަމާސް އެކީ ނައްތާލުމުގެ ފަހުގެ އޮޕަރޭޝަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކެކެވެ.