މި އިނާމުތަކުގެ ތެރޭގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ހާއްސަ އިނާމާއި، ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހުގެ އިނާމު އަދި 2025 ވަނަ އަހަރު ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ހާއްސަ ހަނދާނީ ލިޔުމެއް ހިމެނެއެވެ.
މި އަހަރުގެ އިނާމު ލިބިވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ހާއްސަ އެވޯޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ ލިބިވަޑައިގެންފައެވެ.
އެ އިނާމު ދެން ލިބިވަޑައިގެންފައިވަނީ،. މޮރިޝަސްގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްނަސްއަށެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަަގަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.
ރާއްޖެގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް މުއިއްޒު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން ބޮޑެތި ޖޫރިމަނާތަކާއެކު ވޭޕް މަނާކޮށް، ދުންފަތުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ވަނީ ދުންފަތް މަނާކުރައްވައިފައެވެ.