މި ޚިދުމަތް ފެށި ރަށްތަކަކީ ހެނބަދޫ، ކުޑަފަރި، މަގޫދޫ، ލަންދޫ އަދި މާޅެންދޫއެވެ.
އެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.
އެކަމަށްޓަކާ އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް އާއި ސީއީއޯ މުޙައްމަދު ޝަރީފުގެ އިތުރުން އެ ރަށްރަށުގެ ކައުންސިލުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކޮށް، ޚިދުމަތް ދިނުމަށް އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބީއެމްއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރުގެ ނިޔަލަށް އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.