ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީ ކުރަން ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފި އެވެ.
ބީއެމްއެލްއިން މިއަދު ބުނީ 118 ކޮޓަރީގެ ފަސް ސްޓާ އެ ރިސޯޓަކީ އެލިއާ ގްރޫޕާއި ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުންދާ ބޭރުގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ ރިސޯޓެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އެއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ފެސިލިޓީއާ އެކު ރާއްޖޭގެ މާލީ ދާއިރާގައި ބީއެމްއެލްއިން އަދާ ކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވާނެ ކަމަށެވެ.