އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --

ސޯލިހުގެ ވެރިކަމުގައި ގައުމަށް ލިބުނު އިސްލާހަކީ ގައުމު ދަރަނިވެރިވުން: މިނިސްޓަރ ސައީދު

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ޤައުމަށް ލިބުނު "އިޞްލާޙު" އަކީ ޤައުމު ދަރަނިވެރިކޮށް، ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުކޮށް، އަދި ހިސާބެއްނެތި ފައިސާ ޗާޕުކޮށްގެން ދިވެހި ރުފިޔާގެ އަގު ދަށްކޮށްލުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ހިނގާލުމުގެ ފޮޓޯއެއް "އެކްސް" ގައި ހިއްސާކުރައްވަމުން، ވަޒީރު ސަޢީދު ވަނީ ކުރީގެ ރައީސް ސޯލިޙްގެ ވެރިކަމުގެ ދައުރަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން، 2018 އިން 2023 އަށް ޕީޕީއެމްގެ އޮފީސް ބަންދުކޮށް، ރައީސް ޔާމީން ޖަލަށްލައި، އަދި ފަސް އަހަރުގެ ދައުރެއް ވެސް މާ ދިގުކަމަށް ވިދާޅުވިކަން ފާހަގަކުރެއްވިއެވެ.

https://x.com/em_saeed/status/1974360509098176745?s=46

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ސޯލިޙް މިހާރުވެސް ކުރީގެ ރައީސްކަމުގެ މަޤާމުގެ ހައިސިއްޔަތުން ލައްކައިން މުސާރަ ނަންގަވަމުންދާ ކަމަށާއި، ސެކިއުރިޓީ ޚަރަދުތައް ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވެމުންދާ ކަމަށެވެ. އަދި 2028 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށްޓަކައިތޯ އާއި އެމްޑީޕީގައި އެހެން ޤާބިލު ކެންޑިޑޭޓެއް ނެތީތޯ ސުވާލު އުފައްދަވާފައިވެއެވެ.

ރޭގެ މުޒާހަރާގައި ރައީސް ސޯލިޙް، ޝެއިޚް އިމްރާން އަބްދުﷲ އަދި އެމްޑީޕީގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މުޒާހަރާގައި ސަތޭކަ އެތައް ބަޔަކު ބައިވެރިވެ، ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލިއެވެ. މުޒާހަރާ ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ހުރަސްއެޅުމުގެ ސަބަބުން މަދުވެގެން ހަ މީހަކު ހައްޔަރުކުރެވުނު ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. މީގެ ތެރޭގައި ޔައުގޫބް އަބްދުﷲ އާއި ހަސަން ސޮލާޙު ހިމެނެއެވެ.